ދިވެހިރާއްޖެ
`
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު، ދިވެހިރާއްޖެ
ނަންބަރު: (IUL)GS34/2019/02
އަންދާސީ ހިސާބު ހޯދުން
މި މަދަރުސާގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
01 ކްލާސްރޫމް ސަރަޙައްދުން ދަރިވަރުންނަށް ބޯފެން ލިބޭނެ ނިޒާމެއް ޤާއިމުކުރުން.
02 ހަލާކުވެފައިވާ ބައެއް ދޮރުތައް މަރާމާތުކުރުން
03 ސްކޫލްގެ އެންޓްރެންސް މަރާމާތުކުރުން.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި. |
އަންދާސީހިސާބު ހުށަހެޅުއްވުން |
2019 ޖަނަވަރީ 22 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " 2019ގެ މަރާމާތު " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
03 ޖުމާދަލްއޫލާ 1440
09 ޖަނަވަރީ 2019