ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް

އިޢުލާން

 

              ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި އަދި މަރުކަޒުގެ ގޮފި ތަކުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.

މުސާރަ:  

              އެމް. އެން. ކިޔު. އެފް ލެވެލް 5 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ

               އެމް. އެން. ކިޔު. އެފް ލެވެލް 7 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

               އެމް. އެން. ކިޔު. އެފް ލެވެލް 9 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

               ޙާފިޡެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ

 

ޝަރުޠު:    

               ޤުރްއާން، ޢަރަބި، އިސްލާމް އަދި އިސްލާމީޘަޤާފާއާ ގުޅުންހުރި ދާއިރާއަކުން އެމް. ކިޔު. އޭ ލެވެލް 5 ންފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ޙާފިޡަކު ކަމުގައިވުން.

 

މަސައްކަތްކުރަންޖެހޭތަން:

               ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު މާލެ، ހުޅުމާލެ، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ މަރުކަޒުގެ ގޮފި.

               ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޖަނަވަރީ 16 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

08 ޖަނަވަރީ 2019
ހޯދާ