ދިވެހިރާއްޖެ
ނަމްބަރ(IUL)228-DG/228/2019/1 އިޢުލާން
ނ. އަތޮޅު ކައުންސިލްގެ އިމާރާތެއްކަމުގައިވާ ކުރިން ޔޫ.އެން.ޑީ.ޕީ އޮފީސް ހިންގި އިމާރާތް މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)228-DG/228/2018/18 އިޢުލާނަށް ބިޑްހުށައަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެޢިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.
02جُمَادَىٰ الْأَوَّل 1440
08 ޖެނުއަރީ 2019
އާދަމް ފާއިޒް
ނ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް