ދިވެހިރާއްޖެ
2019 ވަނަ އަހަރު މި މިކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިއިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ނޮޅިވަރަމު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔުމަށްފަހު، ހުށަހަޅާފަރާތުގެ ނަމާއިއެޑްރެސް އެނގެން އޮންނަންވާނެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ މިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މިއިދާރާއިން ބެލުމަށްފަހު އެންމެ މަތިން މާކްސްލިބޭ ފަރާތަކަށެވެ. މާކްސް ދޭނެ ކަންތައްތަކާ މާކްސްދޭން ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މާކްސް ދެވޭ ކްރައިޓީރިއާ |
މާކުސް ދެވޭގޮތް |
ތަފްޞީލް |
އަގު |
80% |
- ޚިދުމަތުގެ އަގަށްދޭ މާކްސް - މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާއެއްމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. - މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެއްމެކުޑަ އަގަކަށެވެ. |
ތަޖްރިބާ |
20% |
- މަސައްކަތު ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށް ލިބިފައިވާ ޤާބިލުކަމަށްދެވޭ މާކްސް. - މިގޮތުން އެންމެގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ސެކިޔުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ މިމަސައްކަތަށް އެންމެ ޤާބިލް ފަރާތަކަށެވެ. |