މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުލަޔާއި ދަވާދުލުން
- މިސްކޫލްގެ 2 ޢިމާރާތެއްގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)GS-130/22/2019/1 އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަށް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ 2019 ޖެނުއަރީ 08 އިން 2019 ޖެނުއަރީ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 10:30 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 12:45 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖެނުއަރީ 13 ވާއާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މިބައްދަލުވުމަށް ގަޑިޔަށް ހާޟިރުވާ ފަރާތްތަކަށެވެ.
- ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 16 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ގަޑިޖެހުމަށް ފަހު ހުށެހަޅުއްވާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހިތާދޫ ސްކޫލް
- ބ. ހިތާދޫ، ދިވެހިރާއްޖެ.
- ފޯން: 6600314
- އީ-މެއިލް: [email protected]
07 ޖަނަވަރީ 2019
ހޯދާ