ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮފިތަކުގައި 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު: 1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
2- ޢުމުރުން 16 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 (އެކެއް) ސެމިސްޓަރ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 އަހަރު ( 2 ސެމިސްޓަރ )
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 30
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: އދ. މަހިބަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް.
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2019 ޖަނަވަރީ 07 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު މި މަރުކަޒުގެ ގޮފިތަކަށް ހުށަހެޅުން އެދެމެވެ.
* ނޯޓް: ކޮންމެ ކުލާހެއްގައި މަދުވެގެން 15 ދަރިވަރުން ތިބެންވާނެއެވެ.