ދިވެހިރާއްޖެ
ނަންބަރ: (IUL)468-U01/PRIV/2019/02
މިސްކިއްމަގު އަންހެނުންގެ ކޮމެޓީން ކްލާސްހިންގި އިމާތުގެ މަރާމާތުގެ މަސައްކަތް
ފުވައްމުލަކުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ފުވައްމުލަކުގައި ވަގުތީގޮތުން ހިންގުމަށް މިސްކިތްމަގު އަންހެނުންގެ ކޮމެޓީން ކްލާސްހިންގި އިމާރާތަށް މިވަގުތަށް ބޭނުންވާ މަރާމާތުގެ މަސައްކަކުރުމަށް ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 16 ޖެނުއަރީ 2019 ވާ ބުދަ ދުވަހު 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ.
އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.
30 ރަބީޢުލްއާޙިރް 1440
06 ޖެނުއަރީ 2019