ދިވެހިރާއްޖެ
އިޢުލާން
| 
 ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.  | 
|
| 
 މަޤާމު  | 
 ސެންޓިނެލް ސަރވައިލެންސް ފޯކަލް ޕޮއިންޓް  | 
| 
 ބޭނުންވާ އަދަދު  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި  | 
 ވަގުތީ  | 
| 
 ވަޒީފާގެ މުއްދަތު  | 
 31 އޮގަސްޓް 2019 ގެ ނިޔަލަށް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 ހެލްތް ޕްރޮޓެކްޝަން އެޖެންސީ  | 
| 
 މުސާރަ  | 
 -/7000 ރުފިޔާ  | 
| 
 ރިސްކް އެލަވަންސް  | 
 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
 1. އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގޭ ސެންޓިނެލް ސައިޓްސް (އައި ޖީ އެމް އެޗް، އޭ ޑީ ކޭ، ހުޅުމާލެ ހޮސްޕިޓަލް) އިން ސާމްޕަލް ނެނގޭ މިންވަރު މޮނިޓަރ ކުރުމާއި މިބަލީގެ ކްރައިޓީރިޔާއަށް ފެތޭ ޖުމްލަ ބަލިމީހުންގެ އަދަދުގެ ރެކޯޑު ބެލެހެއްޓުން 2. އިންފުލުއެންޒާ ޑޭޓާ ބޭސް ބެލެހެއްޓުމާއި، މިޑޭޓާ ބޭސްއިން ރިޕޯޓް އެކުލަވާލުމަށްފަހު ގުޅުންހުރި ފަރާތްތަކަށް ރިޕޯޓު ހިއްސާކުރުން 3. ސެންޓިނެލް ސައިޓްތަކިގެ މަސައްކަތްތައް ލުއި ކޮށްދިނުމަށް މަސައްކަތްކުރުން 4. ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ އިންފުލުއެންޒާ ސަވައިލަންސް ޕްލެޓްފޯމުތަކަށް ރާއްޖޭގެ ޑޭޓާ އެއްކުރުން 5. ޕްރޮޖެކްޓްގެ ދަށުން ތަކެތި ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން 6. ޕޯސްޓަރ ލީފްލެޓް ފަދަ ތަކެތި ކޮރެލް ޑްރޯ އެޕްލިކޭޝަން، އިންޑިޒައިން އެޕްލިކޭޝަން ބޭނުންކޮށްގެން ތައްޔާރުކުރުން 7. ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާ ސާރވޭލަންސް ޕްރޮޖެކްޓްގެ އެންމެހާ އިދާރީ ކަންތައްތައް ކުރުމާއި ޕްރޮޖެކްޓް ހިންގުމުގައި ޕްރޮޖެކްޓް ކޯޑިނޭޓަރާއިއެކު މަސައްކަތްކުރުމެވެ.  | 
| 
 މަޤާމުގެ ޝަރުތުތައް  | 
 (މައިކްރޯސޮފް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)  | 
| 
 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް  | 
 1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 5.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 6.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 7.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ :13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) ކައުންޓަރއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު  | 
 14 ޖަނަވަރީ 2019 ން 17 ޖަނަވަރީ 2019 އާ ދެމެދު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.  | 
| 
 ޝޯޓް ލިސްޓް ކުރުން  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ. މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.  | 
