ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ، ދިވެހިރާއްޖެ
ނަންބަރު: GS-189/IUL/2019/01
އިޢުލާން
2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
10 ޑިސެމްބަރ 2018 ގައި މިސްކޫލުން 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށްހިފަން ބޭނުންވެ ކުރި ނަންބަރ GS-189/IUL/2018/28 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
01 ފެބުރުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި (ފާޚާނާއާއެކު)، ސިންޓިންގރޫމް، ބަދިގެ އަދި ކާގެ ހިމެނޭގޮތަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖެނުއަރީ 09 އަދި 10 ވަނަ ދުވަހު 11:00 އިން 13:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ރަޖިސްޓްރީގެ ކޮޕީ އަކާއި އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ޙާޟިރުވާ ފަރާތުގެވެސް އައިޑީކާޑް ގެންނަންވާނެއެވެ.
ބީލަން ހުށަހެޅޭނީ ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓް ކޮށް އަދި މަޢުލޫމާތު ސާފުކުރި ފަރާތްތަކަށެވެ. އަދި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މިޕްރޮޖެކްޓަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 15 ވާ އަންގާރަ ދުވަހު 13:00 ގައެވެ.
އިތުރު މަޢުލޫމާތު 6800549 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލް އަކީ [email protected] އެވެ.
30 ރަބީއުލްއާޚިރު 1440 ހ
06 ޖެނުއަރީ 2019 މ