ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
2019ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

`

 

 

ފޯކައިދޫ ސްކޫލް

ށ.ފޯކައިދޫ، ދިވެހިރާއްޖެ                                                                                                                                                                                             އިޢުލާން ނަންބަރ:GS-107/2019/01

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. 2019ވަނަ އަހަރަށް މިސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލްގެ ނަންބަރު (GS-107/2018/22) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖެނުއަރީ 07 އިން 2019 ޖެނުއަރީ 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 14 ވާ ހޯމަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯކައިދޫ ސްކޫލް

ށ.ފޯކައިދޫ

ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.

ފޯން: 6540542

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް: -

 

                                                      30 ރަބީޢުލްއާޚިރް 1440

                                                        06 ޖެނުއަރީ 2019

06 ޖަނަވަރީ 2019
ހޯދާ