ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާ ހުށަހެޅެމުގެ މުއްދަތު އިތުރުކުރުން
ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު މި އޮފީހުގެ ނަންބަރު (IUL)1-CBO (CS)/1/2018/55 އިޢުލާނުން 3 ޑިސެންބަރު 2018 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަކަށް ހުޅުވާލާފައިވާއިރު، މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިލައްވަމުންގެންދަވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވައިފިއެވެ.
ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.
27 ރަބީޢުލްއާޙިރު 1440
03 ޖަނަވަރީ 2019
ހޯދާ