ދިވެހިރާއްޖެ
2019 ވަނަ އަހަރު މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
2019 ވަނަ އަހަރު މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން މިކައުންސިލުން ކުރި ނަމްބަރު: (IUL)308/2018/04 (20 ޑިސެމްބަރ 2018) އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް މިކައުންސިލްގެ ޕްރޮކިއުމަންޓް ކޮމިޓީއަށް ފެންނާތީ، މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
01 ފެބުރުވަރީ 2019 އިންފެށިގެން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް، 11 މަސް ދުވަހުގެ މުއްދަތަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން އޮންނާނީ 07 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ.
މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " މަޑުއްވަރީ ކައުންސިލުގެ އިދާރާގެ 2019 ވަނަ އަހަރު ސެކިއުރީޓީ ބެލެހެއްޓުމަށް '' މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.