ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިނިސްޓްރީ އޮފް ހެލްތްއިން ފަރެސްމާތޮޑާ ޞިއްހީމަރުކަޒުގައި ވާރޭފެން ލިބޭނެ ނިޒާމެއް ހަމަޖެއްސުމައްޓަކައި އެތަނުގައި މިހާރު އަޅާފައިވާ ފައުންޑޭޝަން މަތީގައި 5000 ލީޓަރުގެ ކަޅުހަމެއް ބެހެއްޓުމަށާއި އަދި އެތަނުގައި އިތުރު ކަޅުހަން ބެހެއްޓޭނެ ޖާގަ ހުންނަވަރަށް ދަގަނޑު ހޮޅިޖަހައި ހިޔާކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލް އިދާރާއިން ކޮށްފައިވާ ނަންބަރ :IUL-D/423/2018/59 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  06 ޖެނުއަރީ 2019  ވާ އާދީއްތަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

އަދި އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ޞިއްހީމަރުކަޒުގެ ކަޅުހަންބަހައްޓާތަން ހިޔާކުރުމުގެ މަސައްކަތް"މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަބިޢުލް އާހިރާ   1440

31 ޑިސެމްބަރ     2018

 

 

 

                                                      ނަސްރުﷲ މުޙައްމަދު

     ކައުންސިލްގެ ރައީސް

31 ޑިސެންބަރު 2018
ހޯދާ