އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ އިންތިޚާބު ފަސްކުރުން

މި ކޮމިޝަނުގެ ނަންބަރު: A)CA-2013/703)ފ(18 ނޮވެންބަރު 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ އިންތިޚާބު ފަސްކުރުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ޤަޟިއްޔާ: SC-C/02ފ/2014 (12 ޖަނަވަރީ 2014) ގެ ޙުކުމާ ގުޅިގެން، 2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ އަދަދަށް ވަނީ ބަދަލެއް އައިސްފައެވެ. އެހެންކަމުން، އިންތިޚާބު ބޭއްވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުމަށް ބޭނުންވާ މުއްދަތު ނެތުމާއެކު، އެ ދާއިރާގެ އިންތިޚާބު، 18 ޖަނަވރީ 2014 ގައި ނުބާއްވާގޮތަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

14 ރަބީޢުލްއައްވަލް 1435

15 ޖަނަވަރީ 2014
ހޯދާ