ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ސައިންސްރޫމް ބޮޑުކުރުމާއި އެހެނިހެން މަރާމާތު

މިސްކޫލްގެ ސައިންސް ރޫމް ބޮޑުކުރުމާއި އެހެނިހެން މަރާމާތުކުރުމަށް ކުރެވުނު އިޢުލާނާއި އަދި އެއާއިގުޅޭ ލިޔުންތަކުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތުތައް ހިމެނިފައިނުވާތީ، މިސްކޫލްގެ ނަންބަރ GS50/IUL/2018/20 އިއުލާން ބާޠިލްކޮށް، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖަނަވަރީ 03 އިން 2019 ޖަނަވަރީ 14 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި ޝަމްސުއްދީން ސްކޫލްގައެެވެ.

ބިޑް ހުޅުވުން އޮންނާނީ 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޝަމްސުއްދީން ސްކޫލްގައެވެ.

މިމަސައްކަތާއި ގުޅޭ ބީލަން ފޮތް 03 ޖަނަވަރީ 2019 އިން 10 ޖަނަވަރީ 2019 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 13:00 އަށް ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަމްސުއްދީން ސްކޫލް

ސ.މީދޫ، ދިވެހިރާއްޖެ

ފޯން: 6895733

އީ-މެއިލް: [email protected]

03 ޖަނަވަރީ 2019
ހޯދާ