ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު މީހަކު ބޭނުންވެއްޖެ

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-284442

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް. 01

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް ގްރޭޑް 01

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް/ ލ. ގަން

މުސާރަ:

3100.00ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލެވަންސް:

1000.00ރ (އެއްހާސް ރުފިޔާ)

ސަޕޯޓިވް ކޯ އެލެވަންސް:

1200.00ރ (އެއްހާސް ދުއިސައްތަ ރުފިޔާ)

 

އިތުރު ޢިނާޔަތްތައް:

  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ގޯތިތެރެ ކުނިކަހައި ދުވަހުން ދުވަހަށް ސާފުކުރުން. ޚާއްޞަކޮށް އެސެމްބްލީ އޮންނަ ދުވަސްދުވަހު އެސެމްބްލީ އޮންނަ  ސަރަހައްދެއް އެސެމްބަލީ ފެށުމުގެ ކުރިން ފޮޅައި ސާފުކުރުން.
  2.  ސުކޫލުން އަންގާގޮތެއްގެމަތިން ސުކޫލުގެ ގޭޓުގެ ކުރުމަތި ފޮޅައި ސާފުކުރުން.
  3. ކުލާސްރޫމްތަކާއި ސްކޫލް އޮފީސް އިމާރާތާއި، ސްޓާފްރޫމް ލީޑިންގ ޓީޗަރސް ރޫމް ލެބްތައް ދުވަހުން ދުވަހަށް ފޮޅައި ސާފުކުރުމާއި މޮޕްލުން.
  4. ފާޚާނާތައް ދުވަހުން ދުވަހަށް ސާފުކުރުން.
  5. ސްކޫލުން އަންގާގޮތެއްގެމަތިން ޕްރީ ސްކޫލް ކުލާހާއި ޕްރައިމަރީ  ކުލާސްތައް ކައިރީގައި ޑިއުޓީކުރުން.
  6. އިމްތިޙާނު ދުވަސްވަރު ސްކޫލުގެ އޮފީހުން އަންގާ ގޮތެއްގެމަތިން އިމްތިޙާނު ހޯލުތައް ރޭވުމާއި، އިމްތިޙާނު ނިމުމުން ކުލާސްތައް އަލުން ރޭވުން.
  7. ސްކޫލުން ހަމަޖައްސާގޮތެއްގެމަތީން ސްކޫލުގެ ގޯތިތެރެ ވިނަ ކޮށައި/  ވިނަނޮޅައި، ޤަވައިދުން ސާފުކުރުން.
  8. ސުކޫލުގައި އުފެދޭ ކުނި އުކާލައި ނައްތައިލުމުގައި ސުކޫލުން ކަނޑައަޅާ ސަރަހައްދަކަށް ގެންގޮސް ހުސްކުރުން.  
  9. މުހިންމު ރަސްމިއްޔާތުތަކަށް ސްކޫލުގެ ހޯލު ފޮޅައި ސާފުކުރުމާއެކު  ގޮނޑިޖެހުން.
  10. ސުކޫލުން އިންތިޒާމުކޮށްގެން ސުކޫލުގައި ބޭއްވޭ ޚާއްޞަ ޙަފުލާތަކާއި ޑިނަރ ނައިޓް ފަދަ ހަރަކާތްތައް ނިމުމުން، ބޭނުންކުރި ތަކެތި ނަގައި ސާފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  11. ސްކޫލުގެ އޮފީހުން އަންގާގޮތެއްގެމަތިން ސްކޫލުގެ އެންމެހައި އިމާރާތްތަކެއްގެ ބިއްލޫރިތަކާއި  ފަންކާތައް ފޮޅައި ސާފުކުރުން.
  12. ސްކޫލްގެ ދަރިވަރުންނާއި ސްޓާފުންނަށް ހިންގޭ ތަފާތު ޓްރެއިނިންގތަކާއި، ވޯރކްސޮޕްތަކާއި، ކޭމްޕުފަދަ ހަރަކާތްތަކުގައި ސްކޫލުން އަންގާ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިއުޓީ ކުރުން.
  13. ދަރިވަރުންނަށް ހިންގޭ ތަފާތު އަދަބީ މުބާރާތްތަކާއި، ކުޅިވަރު މުބާރާތްތައް ނިމުމުން، ތަނުގައި ބޭނުންކުރި ތަކެތި،  ސްކޫލުން އަންގާ ގޮތެއްގެމަތިން ނަގައި ރައްކާކުރުން.
  14. ސްކޫލުން އަންގާގޮތެއްގެމަތިން، ސްކޫލުގެ އިސްވެރިޔާ ހުންނަވާ އެޕާޓްމަންޓް ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

 

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި ސިވިސް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސަރޓިފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދިވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

       (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯރމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެއިލް އިންވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ޖެނުއަރީ 2019 އާއި 24 ޖެނުއަރީ 2019 އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ގައެވެ.  

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

02 ޖަނަވަރީ 2019
ހޯދާ