ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ހޯލް ޢިމާރާތާއި ކޮމްޕިއުޓަރ ލެބްގެ ވައިރިންގ މަރާމާތުކުރުން

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

   

މިސްކޫލްގެ ހޯލް ޢިމާރާތާއި ކޮމްޕިއުޓަރލެބް ވައިރިންގ މަރާމާތު ކުރުމާބެހޭ!

 

                  މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މި ސްކޫލްގެ ހޯލް ޢިމާރާތާއި ކޮމްޕިއުޓަރ ލެބްގެ ވައިރިންގ އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު މިސްކޫލްގެ ނަމްބަރ GS-92/IUL/2018/018 (13 ޑިސެމްބަރ 2018) ގެ އިޢުލާނަށް 3 ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖެނުއަރީ 9 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖެނުއަރީ 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިސްކޫލުގެ ނަމްބަރ 6520537 އާ ގުޅުއްވުން އެދެމެވެ. 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  26 ރަބީޢުލްއާޚިރް 1440

                  02 ޖެނުއަރީ 2019

02 ޖަނަވަރީ 2019
ހޯދާ