ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު
ކޮމަންޑޫގައި އޮޑި ދޯނިފަހަރު އެހެލާ ބޭލުމަށް ސްލިޕްވޭއެއް އެޅުމަށް ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- 20،000 އަކަ ފޫޓުގެ ސަރަހައްދެއް ކޮނެ ފުން ކުރުމާއި ލެވެލް ކުރުން
- 50،000 އަކަ ފޫޓުގެ ސަރަހައްދަކައް ވެލިއަޅައި ލެވެލް ކުރުން
- ކޮނުން ސަރަހައްދު ހިމާޔަތް ކުރުމަށް 200 ޖަންބޯބޭގްސް ޖެއްސުން
- ކޮންކްރީޓް ބެރިތައް ފެއްތުން
- ބެރިތަކު މަތީ ރެއިލް ދަނގަޑުތައް އެތުރުން
- ސްލިޕްވޭގެ އިކިޕްމަންޓްސްތައް މިހާރު ހުރި ތަނުން ނަގައި އަލަށް ސްލިޕްވޭ އަޅާ ސަރަހައްދައް ގެނައުން
- މައުލޫމާތު ސާފުކުރެއްވުމަށް 7905064 ،6540027 އަށް ގުޅުއްވާ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި މި އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މި އޮފީހުގެ ނަންބަރު 6540027 ފޯނާއި ގުޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
14 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި |
20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި |
26 ރަބީޢުލްއާޚިރު 1440
02 ޖެނުއަރީ 2019