ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކުނިކޮށީގައި އޮފީސްބައެއް ހެދުމުގެ މަސައްކަތާއި ގުޅޭ

 

 ކުޑަހުވަދޫ ކުނިކޮށީގައި އޮފީސްބައެއް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު   B-381/I-2018/55 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އަގު ބޮޑު ކަމަށް ފާހަގަ ކުރެވޭތީ، މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • މަޢުލޫމާތު ސާފުކުރުން:

- މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބިޑްފޮތް 2019 ޖެނުއަރީ 02 ވަނަ ދުވަހުން ފެށިގެން 2019 ޖެނުއަރީ 10 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.

- ބީލަން ކަރުދާހެއްގެ އަގަކީ 150.00ރ އެވެ.

- ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2019 ޖެނުއަރީ 14 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމު 1 ގައެވެ.

- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ޖެނުއަރީ 17 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމް 1 ގައި މިމަސައްކަތަށް ބިޑްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.

- ބިޑް ނުނަގާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.

- މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.

02 ޖަނަވަރީ 2019
ހޯދާ