މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް ބ.ކިހާދޫ އާއި ނ.މާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަކަށް ބޭނުންވާ 3 ފޭސް އިލެކްޓްރިސިޓީ ފޯރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް –2 ވަނަ ޓެންޑަރ

3 ފޭސް އިލެކްޓްރިކްސިޓީގެ މަސައްކަތް

 

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ބ.ކިހާދޫ އާއި ނ.މާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަކަށް ބޭނުންވާ 3 ފޭސް އިލެކްޓްރިސިޓީ ފޯރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް–2 ވަނަ ޓެންޑަރ

 

ނަމްބަރު:   (IUL)438-MCEP/438/2018/326                   
                                                                     ތާރީޚް: 24 ޑިސެމްބަރ 2018

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް މިމިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުލަކަތޮޅު (މ)، ނިލަންދެއަތޮޅު އުތުރުބުރި (ފ) އަދި ނިލަންދެއަތޮޅު ދެކުނުބުރި (ދ) ހިމެނޭ ޒޯން  4 ގެ ސަރަޙައްދާއި، ކޮޅުމަޑުލު (ތ)، އަދި ހައްދުންމަތި (ލ) ހިމެނޭ ޒޯން5 ގެ ސަރަޙައްދު އެއްކޮށްލައިގެން، ސަރަޙައްދީ ފެންވަރުގައި ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވާރލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ( ނަންބަރު  (IUL)438/438/2018/320) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ޔުނިޓް

ނަން

01

 3 ފޭސް އިލެކްޓްރިސިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް - ބ.ކިހާދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ

01

 3 ފޭސް އިލެކްޓްރިސިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް - ނ.މާފަރު ވޭސްޓް މެނޭޖްމެންޓް ސެންޓަރ

 

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

 

އަހުމަދު ނިޒާމް

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

 

އަގު ހުށަހެޅުން އޮންނާނީ 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

31 ޑިސެންބަރު 2018
ހޯދާ