ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ޕްރިންސިޕަލް ހުރުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

2019ވަނަ އަހަރު ސްކޫލްތަކުގެ ޕްރިންސިޕަލް ހުރުމަށް ގެކުއްޔަށް ހިފުމަށް އިޢުލާން ކުރުމުގެ އުސޫލް ބަދަލުވެފައިވާތީ 2019 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް މިސްކޫލުން ކުރި ނަމްބަރ GS213/IUL/2018/031އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖެނުއަރީ 9 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖެނުއަރީ 20 ވާ އާދިއްތަ ދުވަހުގެ މެންދުރު 1:00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރ 6582703 އާއި ގުޅުއްވުން އެދެމެވެ.

                        ވީމާ މިކަން އަންގާ އިޢުލާން ކުރަމެވެ.

31 ޑިސެންބަރު 2018
ހޯދާ