ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (GS213/IUL/2018/032) އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅި ފަރާތްތަކުން މަޢުލޫމާތު ފުރިހަމައަށް ހުށައަޅުއްވާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖެނުއަރީ 9 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖެނުއަރީ 20 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރ 6582703 އާއި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އަންގާ އިޢުލާން ކުރަމެވެ.