މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކުދި މަސައްކަތް، ގަންނަތަކެތި، ޚިދުމަތްދޭ ފަރާތްތައް ދަފްތަރުގައި ބައިވެރިވުމުގެ ފުރުޞަތު

                                                              އިޢުލާން

 

ކުދި މަސައްކަތް، ގަންނަތަކެތި، ޚިދުމަތްދޭ ފަރާތްތައް ދަފްތަރުގައި ބައިވެރިވުމުގެ ފުރުޞަތު

 

  މިމިނިސްޓްރީން 18 ޑިސެންބަރު 2018 ވަނަ ދުވަހު ކުރެވިފައިވާ އިޢުލާން 301/IUL)141-L/141/2018) ނަންބަރާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.

 

  މި މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާތަކަށް 35,000.00 ރުފިޔާއިން ދަށުގެ ތަކެތި ސަޕްލައިކޮށްދިނުމާއި، ޚިދުމަތާއި މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ

ފަރާތްތަކުން މިމިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓަރީ ކުރުމަށް އެޓޭޗް ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު  10 ޖަނަވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް

(ވެލާނާގެ 03 ވަނަފަންގިފިލާ) ވަޑައިގެން ރިޝެޕްޝަނަށް ފޯރމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިހާރު ފޯމް ހުށަހަޅާފައިވާ ފަރާތްތައް އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347300, 3347366  ނަމްބަރ ފޯނާއެވެ.

 

                                              24 ރަބީޢުލްއާޚިރު 1440

31 ޑިސެންބަރު 2018
ހޯދާ