ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ހއ.އުލިގަން،ދިވެހިރާއްޖެ
ނަމްބަރ: IUL)245/245/2018/32)
އިޢުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުން
ހއ.އުލިގަމުގައި ކުޑަކުދިންގެ ޕާރކް ހަދަން ކަނޑައަޅާފައިވާ ބިމާއި ( އުލިގަމު ކަސްޓަމްސް ގޯތީގެ ދެކުނުން އޮތް ހުސްބިން ) އެބިމާގުޅިފައިވާ މަގުތަކުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދަންބޭނުންވެއެވެ.
ވީމާ، އެބިމުގައި އެވެސް ފަރާތެއްގެ ރުއްގަސް ހުރިނަމަ ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭގޮތަށް ފާހަގަކޮށް 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް އަންގަވާދެއްވުން އެދެމެވެ. މިބިމުގައި ހުރި ރުއްގަހުގައި ކައުންސިލްގެ ފަރާތުން 1 ން 26 ނޫކުލައިން ނަންބަރުވާނީ ޖަހާފައެވެ.
އަދި ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ އެބިމުގައި އަމިއްލަ މީހެއްގެ އެއްވެސް ރުއްގަހެއް ނެތީކަމުގައި ބެލެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަބީޢުލް އާޚިރު 1440
31 ޑިސެމްބަރ 2018