ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2018/131
އިޢުލާން
ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން ކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކުންފުނީގެ ވެބްސައިޓް މަރާމާތުކޮށް ރީޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖަނައަރީ 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ރަބީއުލް ޢާހިރު 1440
31 ޑިސެމްބަރ 2018
