ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިޚްލާސްގެ ފާޚާނާ މަރާމާތު ކުރުމާބެހޭ.

އިޢުލާން

 

މަސްޖިދުލް އިޚްލާސްގެ ފާޚާނާ މަރާމާތު ކުރުމާބެހޭ.

 

         މިރަށު މަސްޖިދުލް އިޚުލާސް މިސްކިތުގެ ފާހާނާއާއި، އިސްކުރުބަރި އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)387/387/2018/23 (15 މާރިޗު 2018)ގެ އިއުލާނާ ގުޅިގެން ކުރަން ކަނޑައެޅި މަސައްކަތްތަކަށް ބަދަލުގެނެސް އަލުން ފާޚާނާ މަރާމާތު ކުރުމަށް ބޭނުންވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

       ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 03 ޖެނުއަރީ 2019 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖެނުއަރީ 2019 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

               24 ރަބީޢުލްއާޚިރު 1440

              31 ޑިސެމްބަރ  2018  

31 ޑިސެންބަރު 2018
ހޯދާ