އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމާ ގުޅޭ

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމާގުޅޭ

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އަތޮޅު އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯތަކާއި "ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯ" މިހާރުވަނީ ޤާއިމުކުރެވިފައެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ޕީ.އޭ ކޮމްޕްލެކްސްގެ ދެވަނަފަންގިފިލާގައި ހުންނަ ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯގެ ކައުންޓަރުންނާއި ފަސްވަނަ ފަންގިފިލާގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލުގެ އިދާރާތަކުގައި ޤާއިމު ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުންނާއި އަތޮޅުތަކުގައި ޤާއިމު ކުރެވިފައިވާ އަތޮޅު އިލެކްޝަން ޔުނިޓުތަކުންނާއި އަތޮޅުތަކުގައި ޤާއިމު ކުރެވިފައިވާ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯތަކުންނެވެ.  

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ރަށްރަށުން ބަލައިގަންނާނީ ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންނާއި އަތޮޅު އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯތަކުންނެވެ. އަދި މާލޭގައިނަމަ ޤައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯއިންނެވެ.

ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004489 އަދި 3004492 އެވެ. މިބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވީމާ، އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޮމްޕްލައިންޓްސް ބިއުރޯތަކުން ޝަކުވާ ބަލައިގަންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 16:00 އަށް އަދި ރޭގަނޑު 08:00 ން 10:00 އަށެވެ. ހުކުރުދުވަސްތަކުގައި މެންދުރުފަހުގެ 14:30 ން 17:00 އަށް އަދި ރޭގަނޑު 08:00 ން 10:00 އަށެވެ. 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

13 ރަބީޢުލްއައްވަލް 1435

14 ޖަނަވަރީ 2014
ހޯދާ