މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ވޯޓަރ ސްޕޯޓްސް ކންވެންޝަން" ގައި ބައިވެރިވުމާއި ބެހޭ

އިޢުލާން

 

" ވޯޓަރ ސްޕޯޓްސް ކޮންވެންޝަން " ގައި ބައިވެރިވުމާއި ބެހޭ

 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ " ވޯޓަރ ސްޕޯޓްސް ކޮންވެންޝަން " އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޫދުކުޅިވަރު ތަކުގައި ޙަރަކާތްތެރި ވަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވޭ މި ފަދަ އެންމެ ބޮޑު އެއްޙަރަކާތެވެ. މިކޮންވެންޝަންގައި މޫދު ކުޅިވަރު ކުރިއެރުވުމުގައި ހުރި ފުރުޞަތުތަކާއި، މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އަދި އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކަރުދާސް ހުށަހެޅުން ވެސް އޮންނާނެއެވެ.

ވީމާ، މި ކޮންވެންޝަންގައި ބައިވެރިވުމަށް ދިވެހިރާއްޖޭގައި މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އަދި އެފަދަ ކުޅިވަރުތަކާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ. މި ކޮންވެންޝަންގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. މި ކޮންވެންޝަން ގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 10 ޖެނުއަރީ 2019 ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. ކޮންވެންޝަން ގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި މިނިސްޓްރީގެ ކައުންޓަރުން ވެސް ލިބެންހުންނާނެ އެވެ.

23 ރަބީޢުލްއާޚިރު 1440

30 ޑިސެންބަރު 2018
ހޯދާ