ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްތަކުގައި ކުލަލުމާއި އިމާރާތްތައް މަރާމާތު ކުރުން

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

  

ނަންބަރ: GS60(B)/2018/079

އިޢުލާނު

ކުލާސްތަކުގައި ކުލަލުމާއި އިމާރާތްތައް މަރާމާތު ކުރުމާ ބެހޭ                    

            2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މި ސްކޫލްގެ ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS60(B)/2018/077 އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  1. ހުޅަނގު ފަރާތުގެ އިމާރާތްތަކުގެ ބޭރުގައި ވެދަރ ބޮންޑު ކުލަލުން
  2. ކުލާސްރޫމް ތަކުގެ އެތެރެފަރާތުގައި ކުލަލުން
  3. މުޅި ސްކޫލްގެ އިމާރާތް ތަކުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ބައްދައި ސިމެންތި ޖަހައި ކުލަލުން

           ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

02 ޖެނުއަރީ 2019

10:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

07 ޖެނުއަރީ 2019

10:00 ހެނދުނު

           މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                22 ރަބީޢުލްއާޚިރް 1440

                                29 ޑިސެންބަރ 2018                                   

29 ޑިސެންބަރު 2018
ހޯދާ