ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 ޖަނަވަރީ 2019 16:28 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާނު
|
ވަޒީފާގެ ފުރުޞަތު |
|
|
މިކޮމިޝަނުގެ ނަންބަރު (A)BA/2018/243 އިޢުލާނުއިން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ، އަލުން މި މަޤާމަަށް އިޢުލާނުކުރަމެވެ. |
|
|
މަޤާމް: |
މާސްޓަރ ޓްރެއިނަރ – އެމް.އެސް 3 |
|
ބޭނުންވާ ޢަދަދު: |
2 (ދޭއް) |
|
ސެކްޝަން: |
ސިވިކް އެޑިޔުކޭޝަން ސެކްޝަން |
|
ބޭސިކް މުސާރަ: |
މަހަކު -/7035 (ހަތް ހާސް ތިރީސް ފަސް ރުފިޔާ) |
|
ސާރވިސް އެލަވަންސް: |
މަހަކު -/2000 (ދެހާސް ރުފިޔާ) |
|
ދުވަހު އެލަވަންސް |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/225 (ދުއިސައްތަ ފަންސަވީސް ރުފިޔާ) |
|
އިތުރު ގަޑި ފައިސާ: |
ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ |
|
ވަޒީފާގެ ބާވަތް: |
އިންތިޚާބުގެ މަސައްކަތްތަކަށް ޚާއްޞަ (އިންތިޙާބުގެ މަސައްކަތް ނިމެންދެން) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މުއްދަތުގެ ކުރިން މަސައްކަތް ނިމިއްޖެނަމަ ވަޒީފާއިން ދޫކޮށްލެވޭނެއެވެ. |
|
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން. |
|
ފެންވަރު ނުވަތަ ޝަރުޠު: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، 2- މަޤާމުގެ މަސައްކަތަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، 3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. |
|
މަސްއޫލިއްޔަތު: |
- އިންތިޚާބަށް ބޭނުންވާ ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކުރުކުރުން. - އިންތިޙާބުގައި ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން. - އިންތިޙާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގެ ވެރިންނަށް ދޭންޖެހޭ ފަންނީ ލަފާދިނުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، 3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
|
ނޯޓު |
- އިންތިޚާބުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
|
ސުންގަޑި: |
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖަނަވަރީ 03 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ. - މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
މާސްޓަރ ޓްރެއިނަރ (އެމް.އެސް 3) މީހުން ހޮވުމުގައި ބަލާ މިންގަނޑު
|
ތަފްޞީލް |
މާކްސް |
|
ތަޢްލީމް |
40 މާކްސް |
|
މަސައްކަތު ތަޖުރިބާ (އާއްމު) |
10 މާކްސް |
|
މަސައްކަތު ތަޖުރިބާ (އިންތިޚާބު) |
05 މާކްސް |
|
އިންޓަރވިޔު |
35 މާކްސް |
|
ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
10 މާކްސް |
|
ޖުމްލަ |
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
19 ރަބީޢުލްއާޚިރު 1440
