މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ސ.ހިތަދޫގައި ޕަބްލިކް ޕާރކެއް އެޅުމާބެހޭ

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު



ސ.ހިތަދޫގައި ޕަބްލިކް ޕާރކެއް އެޅުމާބެހޭ

މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ޕަބްލިކް ޕާރކެއްގެ ކުރެހުން ފަރުމާކުރުމާއި ޕާރކު ބިނާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 07 ޖަނަވަރީ 2019  ވާ ހޯމަ ދުވަހުގެ 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)



މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ މި އިޢުލާނާއި ގުޅޭ ޓީ.އޯ.އާރް އިން ލިބިވަޑައިގަންނަވާނެއެވެ.

https://www.pension.gov.mv/en/media/publications/tor

 

އަދި، މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.



20 ރަބީޢުލްއާޙިރް 1440 ހ

27 ޑިސެންބަރ 2018 މ

 

27 ޑިސެންބަރު 2018
ހޯދާ