މުލަކު ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު މުލަކު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

c 

މުލަކު ސްކޫލް                       

މ.މުލައް

އިޢުލާން

 

ތާރީޚް:  27 ޑިސެމްބަރ 2018                                   ނަންބަރު:GS166/IUL/2018/017     

 

2019   ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ޖެނުއަރީ 2019 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޖެނުއަރީ 2019 ވާ އާދީއްތަދުވަހުގެ 11:00 އަށް ބިޑްހުށަހެޅުއްވުމަށް މިސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑްތަކާއި އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ބިޑްހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމަށްއެދި ބިޑްހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިސްކޫލުގެ ސެކިއުރިޓީ ބަލަހއްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ:GS166/IUL/2018/014  (03ޑިސެމްބަރ 2018) އިޢުލާނުގައި މަޢުލޫމާތުގެ މަސައްލައެއް އުޅޭތީވެ، އެއިޢުލާން ބާޠިލްކުރި ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ރަބީޢުލްއާޚިރު 1440ހ

27 ޑިސެމްބަރ 2018މ 

27 ޑިސެންބަރު 2018
ހޯދާ