ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ 2019 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު GS106/IUL/2018/043 (28 ނޮވެމްބަރު 2018) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި މައްސަލަ ހުރިކަން ފާހަގަކުރެވޭތީ އެ އިޢުލާނު ބާތިލްކޮށް، 15 ޖަނަވަރީ 2019 އިން 31 ޑިސެމްބަރު 2019 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުން |
ތާރީޙް: 9 ޖެނުވަރީ 2019 (ބުދަ) |
ތާރީޙް: 14 ޖެނުވަރީ 2019 (ހޯމަ) |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.
20 ރަބީޢުލް އާޚިރު 1440