ދިވެހިރާއްޖެ
އިޢުލާން
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކޮއްދޭނެ ފަރާތެއް ހޯދުމާ ގުޅޭ.
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުންފެށިގެން މީލާދީ އެއްއަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޖެނުއަރީ 2019 ވަނަ ދުވަހުގެ 13:00 އަށް ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖެނުއަރީ 2019 ވަނަ ދުވަހުގެ 10:00 އަށް ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައި އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ޢާއްމުފަރުދެއްނަމަ އައިޑީކާޑް ނުވަތަ އައިޑީކާޑް ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ ރަޖިސްޓްރީ ނުވަތަ ރަޖިސްޓްރީގެ ކޮޕީގެންނަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ޙާޟިރުވާނަމަ ބަދަލުހަމަޖެއްސިކަމުގެ ލިއުމާއި ބަދަލު ހަމަޖެއްސި ފަރާތުގެ އައިޑީކާޑް ކޮޕީ އާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑު ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ ތަމްސީލްކުރާފަރާތް އަންގައިދޭލިއުމާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑް ކޮޕީ ގެންނަވަންވާނެއެވެ.
20 ރަބީޢުލްއާޚިރު 1440
27 ޑިސެމްބަރ 2018