ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކުހޯދަން ބޭނުންވެއްޖެއެވެ.
މަޤާމު: |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-302900 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 2 |
މަޤާމުގެ ކުލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް2 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާ / ފ.ދަރަނބޫދޫ |
މުސާރަ: |
މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
ސެކްޝަން: |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް |
އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް: |
01. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 900.00ރުފިޔާ. 02. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް. 03. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. 04. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް. |
މަޤާމުގެ ޝަރުތުތައް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
01. ތަޢުލީމާއި ތަމްރީނު. (%40) 02. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު. (%5) 03. މަސައްކަތުގެ ތަޖްރިބާ. () 04. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް. (%45) 05. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން. ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ކައުންޓަރުން ބެލޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް، ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެތްފިކެޓުގެ ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަލާނީ 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒިފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖަނަވަރީ 17އާއި 20އާ ދެމެދު، ނިލަންދެ އަތޮޅު އުރުތުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ސޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ: |
ޖުމުލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިން ހޯދަން ޖެހޭނެއެވެ. |
އެހެނިހެން ކަންތައްތައް |
* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ. * ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މިއިދާރާގެ ނަމްބަރ: 6740015 ފޯނަށް ގުޅުއްވުން އެދެމެވެ.އީމެއިލް އެޑްރެހަކީ [email protected]އެވެ.
19ރަބީއުލްއާޚިރު 1440
26ޑިސެމްބަރ2018