ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ރިލީފް ޓީޗަރުން ހޯދުމަށް ބޭނުންވެއެވެ.
މަޤާމް |
ބޭނުންވާ ޢަދަދު |
ރިލީފް ޓީޗަރ (ޕްރައިމަރީ) |
03 |
ރިލީފް ޓީޗަރ ( ސެން ) |
01 |
ރިލީފް ޓީޗަރ ( މެތްސް ) |
01 |
ރިލީފް ޓީޗަރ ( އިންގްލިޝް ) |
01 |
ރިލީފް ޓީޗަރ ( ދިވެހި ) |
01 |
ރިލީފް ޓީޗަރ ( އަރަބިކް ) |
01 |
ރިލީފް ޓީޗަރ ( ބީޓެކް ) |
01 |
ރިލީފް ޓީޗަރ ( އިސްލާމް ) |
01 |
ވަޒީފާއޮތް އޮފީސް: މަޑުއްވަރީ ސްކޫލް / ރ.މަޑުއްވަރި |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އެކަޑެމިކް |
ވަޒީފާގެ ގިންތި: ވަގުތީ ކޮންޓްރެކްޓް (އެކަޑެމިކް އަހަރު) |
|
ވަޒިފާގައިކުރަންޖެހޭމައިގަނޑުމަސައްކަތް: ( އިސްލާމް ، ޕްރައިމަރީ ، ދިވެހި، އިންގްލިޝް، މެތްސް، އަރަބިކް، ބީޓެކް ޓީޗަރ)
- ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި، ދަރިވަރުންގެ ފިކުރީ، އިޖުތިމާޢީ، އަދި ޖިސްމާނީ ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމާއެކު ޤައުމާއި ދީނަށް ވަފާތެރި ކިޔަމަންތެރި އަޚުލާޤު ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތިމާގެ ޤާބިލްކަން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރުން. - ލީޑިންގ ޓީޗަރުގެ އިރުޝާދުގެ ދަށުން ޙަވާލުކުރެވޭ ކްލާސްތަކުގެ ދަރިވަރުން ކިޔަވައިދިނުމާއި އެކަމާ ގުޅޭ އެންމެހާ ކަންކަން. - ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތރުރުކުރުމަށް އިންތިޒާމްކުރެވޭ އިތުރު ޙަރަކާތްތައް ކުރިއަށް ގެންދިއުން. - ދަރިވަރުންގެ ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލްތައް ތަންފީޒުކުރުމުގައި އެއްބާރުލުން. - މީގެ އިތުރުން ވަޒިފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ޤަވާޢިދާ އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރުން. - ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން. (ލެސަން ޕްލޭނާއި ސްކީމް ތައްޔާރުކުރުމާއި އިމްތިޙާނުދިނުމާއި ނަތީޖާ ތައްޔާރުކުރުމާއި ޓީޗިންގ އެއިޑްސް ތައްޔާރުކުރުން ފަދަކަންތައްތައް ކުރުން) ވަޒިފާގައިކުރަންޖެހޭމައިގަނޑުމަސައްކަތް: ( ސެން ޓީޗަރ )
- ސްކޫލްގައި ތިބި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދިނުމާއެކު ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި، ދަރިވަރުންގެ ފިކުރީ، އިޖުތިމާޢީ، އަދި ޖިސްމާނީ ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމާއެކު، ޤައުމާއި ދީނަށް ވަފާތެރި ކިޔަމަންތެރި އަޚުލާޤު ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތިމާގެ ޤާބިލްކަން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރުން. - ލީޑިންގ ޓީޗަރުގެ އިރުޝާދުގެ ދަށުން ޙަވާލުކުރެވޭ ކްލާސްތަކުގެ ދަރިވަރުން ކިޔަވައިދިނުމާއި އެކަމާ ގުޅޭ އެންމެހާ ކަންކަން. - ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތރުރުކުރުމަށް އިންތިޒާމްކުރެވޭ އިތުރު ޙަރަކާތްތައް ކުރިއަށް ގެންދިއުން. - ދަރިވަރުންގެ ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލްތައް ތަންފީޒުކުރުމުގައި އެއްބާރުލުން. - މީގެ އިތުރުން ވަޒިފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ޤަވާޢިދާ އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރުން. ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން. (ލެސަން ޕްލޭނާއި ސްކީމް ތައްޔާރުކުރުމާއި އިމްތިޙާނުދިނުމާއި ނަތީޖާ ތައްޔާރުކުރުމާއި ޓީޗިންގ އެއިޑްސް ތައްޔާރުކުރުން ފަދަކަންތައްތައް ކުރުން) |
ޝަރުތު:
އަސާސީ ޝަރުތުތައް |
މުސާރަ |
ސާވިސް އެލަވަންސް |
ސާނަވީ ތައުލީމް ފުރިހަމަ ކުރުން |
-/4500 |
-/1500 |
މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުން |
-/5500 |
-/1500 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން |
-/6090 |
-/2500 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން |
-/7070 |
-/2500 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ސީ.އެސް 11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާރކްސް ލިބިފައިވުން |
-/7450 |
-/2500 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ސީ.އެސް 11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާރކްސް ލިބިފައިވުން |
-/7840 |
-/2500 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ސީ.އެސް 11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާރކްސް ލިބިފައިވުން |
-/8250 |
-/2500 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. |
-/8440 |
-/2500 |
އިތުރު އެލަވަންސްތައް:
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް |
|
ހުށައަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު ރ.މަޑުއްވަރީ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރ.މަޑުއްވަރީ ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 ޖަނަވަރީ 2019 އިން 10 ޖަނަވަރީ 2019 އާއި ދެމެދު ރ.މަޑުއްވރީ ސްކޫލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓުކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580146 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. |