މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ADA University gai hingumah hamajehifaivaa undergraduate adhi graduate program thah

އޭޑީއޭ ޔުނިވަރސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ޕްރޮގްރާމްތައް

       

       އަޒަރބައިޖާންގައި ހުންނަ އޭޑީއޭ ޔުނިވަރސިޓީން ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މި ކޯހާގުޅޭ އިތުރު މަޢުލޫމާތު ޝީޓެއް މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.dhe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ.

 

އަދި މިސްކޮލަރޝިޕަށް އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

ada.edu.az/admissions 

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

26 ޑިސެންބަރު 2018
ހޯދާ