މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުޞަތު

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށް ދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މި މިނިސްޓްރީން ދަނީ ހިންގަމުންނެވެ. މިޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި ޢަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާ ލެވިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، 6 މަސްދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ދެވޭނެއެވެ. މިގޮތުން މިޕްރޮގްރާމްގެ ބައިވެރިން 4 މަސްދުވަހު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ކުރެވޭނެއެވެ. އަދި އިންޑަސްޓްރީ ނުވަތަ ވިޔަފާރީގެ ތަޖްރިބާ ހޯދުމަށްޓަކައި ދިގުމުއްދަތަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި 2 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރާގޮތައް ވަނީ ރޭވިފައެވެ. އެހެންކަމުން، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 6 ދަނޑުވެރިއަކަށް / ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިނުމަށްވަނީ ނިންމާފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޕޮކެޓްމަނީ 6 މަސްދުވަހުގެ މުއްދަތަށް މި މިނިސްޓްރީން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުތު:

- އަސާސީ ތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

- އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

- 6 މަސް ދުވަހުގެ މުއްދަތަށް ރަށުން ބޭރުގައި ހޭދަކުރެވޭނެ ބޭފުޅަކަށްވުން

- ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު އެނބުރި ރަށަށްގޮސް ރަށުގެ ދަނޑުވެރިންނަށް ނަމޫނާ ދެއްކުން

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339202 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

- ތައުލީމީ ސެޓިފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

ސުންގަޑި:  17 ޖެނުއަރީ 2019 ގެ 14:00ގެ ކުރިން

27 ޑިސެންބަރު 2018
ހޯދާ