ދިވެހިރާއްޖެ
އިޢުލާނު
|
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމް: |
ގްރެފިކްސް ޑިޒައިނަރ – އެމް.އެސް 1 (ވަގުތީ) |
|
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
|
ސެކްޝަން: |
ސިވިކް އެޑިޔުކޭޝަން ސެކްޝަން |
|
މުސާރަ: |
މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
|
ސާރވިސް އެލަވަންސް: |
މަހަކު 2000.00 (ދެހާސް ރުފިޔާ) |
|
ޓެކްނިކަލް އެލަވަންސް |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/170 ރުފިޔާ |
|
އިތުރު ގަޑި ފައިސާ: |
ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ |
|
ވަޒީފާގެ ބާވަތް: |
އިންތިޚާބުގެ މަސައްކަތްތަކަށް ޚާއްޞަ (އިންތިޚާބުގެ މަސައްކަތް ނިމެންދެން) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މުއްދަތުގެ ކުރިން މަސައްކަތް ނިމިއްޖެނަމަ ވަޒީފާއިން ދޫކޮށްލެވޭނެއެވެ. |
|
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން |
|
ފެންވަރު ނުވަތަ ޝަރުޠު: |
1- ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 2- އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް މަދުވެގެން 5 މަހުގެ ތަޖުރިބާ ލިބިފައިވުން. |
|
އެހެނިހެން ޝަރުތު: |
1- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. 2- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. 3- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން. |
|
މަސްއޫލިއްޔަތު:
|
- ސިވިކް އެޑިޔުކޭޝަނާއި ވޯޓަރ އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. - މަޖިލިސް އިންތިޚާބުގެ ޓްރެއިނިންގއަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން. - ޓްރެއިނިންގ ވީޑިޔޯގެ ސްކްރިޕްޓް ތައްޔާރުކުރުން. - ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން. - އޮބްޒަރވަރުން، މޮނިޓަރުން ކެންޑިޑޭޓުން އަދި އޮފިޝަލުންގެ އަތްމަތީ ފޮތް ތައްޔާރުކުރުން. - އޮފިޝަލުންގެ ޓްރެއިނިންގއަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން. - ސެކްޝަންގެ އިދާރީ މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، 3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
|
ނޯޓު |
- އިންތިޚާބުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
|
ސުންގަޑި: |
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖަނަވަރީ 03 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ. - މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
ގްރެފިކްސް ޑިޒައިނަރ (އެމް.އެސް.1) ހޮވުމުގައި ބަލާ މިންގަނޑު
|
ތަފްޞީލް |
މާކްސް |
|
ހުނަރާއި ޤާބިލްކަން ސާބިތުކޮށް ދިނުމަށް ދެވޭ އެސެސްމަންޓް (ޝަރުތުގައި ބަޔާންކުރާ ކަންކަން ދެނެގަތުން) |
30 މާކްސް |
|
ތަޢްލީމާއި ތަމްރީނު (ސެޓްފިކެޓް ތަކަށް) |
15 މާކްސް |
|
މަސައްކަތު ތަޖުރިބާ (އާއްމު) |
10 މާކްސް |
|
މަސައްކަތު ތަޖުރިބާ (އިންތިޚާބު) |
05 މާކްސް |
|
އިންޓަރވިޔު |
40 މާކްސް |
|
ޖުމްލަ |
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
19 ރަބީޢުލްއާޚިރު 1440
