މަޤާމު
|
އެކައުންޓްސް އޮފިސަރ (ދާއިމީ)
|
މަޤާމްގެ ނަންބަރު
|
J-299395
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާގައި
|
މުސާރަ
|
-/6,295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް ރުފިޔާ)
|
ސަރވިސް އެލަވަންސް
|
-/2,000 ރުފިޔާ (ދެހާސް ރުފިޔާ)
|
އެހެނިހެން އެލަވަންސްތައް
|
ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ)
(ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ މަޤާމުގެ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ދާއިރާތަކުގެ ތެރެއިން އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ސެޓްފިކެޓް ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްގެން ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)
ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 (ނުވަސަތޭކަ ރުފިޔާ)
(ސަޕޯޓިންގ ކޯ އެލަވަންސް 2 ލިބޭނީ ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުޠުހަމަނުވެ ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މިއިދާރާގެ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންލައްވާ ފޭމަންޓް ވައުޗަރ ތައްޔާރުކޮށް ފައިސާ ދަންކަންޖެހޭ ފަރާތްތަކަށް ފައިސާ ދައްކައި އަދި ބަޖެޓް ބާކީ ކުރުން
- ކޮންމެ މަހަކު ބަޖެޓުން ޚަރަދުކުރެވުނު ފައިސާ އާއި ބާކީގެ ރިޕޯޓް މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- މި އިދާރާއަށް ލިބޭ އާމްދަނީ ފައިސާ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ފައިސާ ބަލައިގަނެ އާމްދަނީ ޝީޓަށް އެންޓަރކޮށް އަދި ބެލެހެއްޓުން
- މި އިދާރާއިން ބަލަހައްޓާ އެކައުންޓްތައް ރިކޮންސައިލްކޮށް ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- މި އިދާރާގެ އަހަރީ ބަޖެޓާއި ބަޖެޓް ސްޓޭޓްމަންޓް ސެކްސަންގެ މުވައްޒަފުންގެ އެހީތެރިކަމާއި އެކު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން
- މިދާރާގެ އަހަރީ އޮޑިޓްކުރުމުގައި އުޅުއްވާ އޮޑިޓަރުންނަށް އެހީތެރިވެދިނުން
- ބިޑް އިވެލުއޭޝަންއާއި ގުޅޭ މަސައްކަތް ކުރުމުގައި އިސް މުވައްޒަފެއްގެ ޚައިސިއްޔަތުން ބައިވެރިވުމާއި އަދި އިންސާފު ވެރިކަމާއި އެކު ބިޑްތައް އިވެލުވޭޓް ކުރުމާއި އަދި އެކަށީގެންވާ ފަރާތްތައް ބިޑް ޙަވާލު ކުރުމުގެ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްކޮށް ބެލެހެއްޓުން
- މި އިދާރާއަށް ގަންނަންޖެހޭ ތަކެއްޗާއި ހޯދަންޖެހޭ ޚިދުމަތްތައް ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންލައްވާ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކުރުވުމާއި އަދި ބެލެހެއްޓުން
- މި އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި އަދި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އާއި އެހިނިހެން ފައިސާ ތިޖޫރީގައި ބެހެއްޓުމާއި އަދި ޖަމާކުރުންޖެހޭ ފައިސާ ތިޖޫރީން ނެގުމާއި ޖަމާކުރުންޖެހޭ އެކައުންޓްތަކަށް ޖަމާކުރުން.
- ކޮންމެ ހަފްތާއަކު އެއްފަހަރު ތިޖޫރީ ގުނުމަށްފަހު ރިކޮންސައިލްކޮށް ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން
- ކައުންސިލަށް ލިބެންޖެހޭ އެންމެހާފައިސާ މަހުން މަހަށް ހޯދުމަށްޓަކައި ފައިސާދައްކަންޖެހޭ ފަރާތްތަކުގެ ސައްޙަރަޖިސްޓަރީއެއް ތައްޔާރުކޮށް އެރަޖިސްޓަރީ އަޕްޑޭޓް ކުރުމާއިއެކު ފައިސާލިބެންޖެހޭފަރާތްތަކުން މަހުން މަހަށް ފައިސާހޯދުން
- ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލަރުންގެ އެސް.ޓީ.އޯ ކްރެޑިޓް ސްކީމް ކޮންމެ މަހަކު ސެކްޝަން މުވައްޒަފުންލައްވާ ތައްޔާރުކުރުވައި ބެލެއްހެއްޓުން
- ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލަރުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކޮންމެ މަހަކު ސެކްޝަންގެ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށްޓަކައި ސްޓާފް އެޕްރައިސަލް ކޮންމެ އަހަރު ފެބުރުއަރީ 15 ގެ ކުރިން ސެކްޝަން މުވައްޒަފުންގެ އެހީތެރިކަމާއިއެކު ތައްޔާރުކޮށް އަދި އަހަރު ދެބައިވުމުން އެޕްރައިސަލް ފޯރމްތައް ރިވިއުކޮށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި މި އިދާރާގެ މުވައްޒަފުން ބައިވެރިކުރުމާއި ކޮންމެ މަހަކު ރިޓަޔަރމަންޓް ޕެންޝަނަށް މުވައްޒަފުންގެ މުސާރައިން އެ ފައިސާ އުނިކުރުމާއި އަދި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކައް ސެކްޝަންގެ މުވައްޒަފުންލައްވާ ފޮނުވުން
- މުވައްޒަފުންގެ ފަންނީ އަދި ޢިލްމީ ޤާބިލްކަމާއި ހުނަރު ދެމެހެއްޓުމަށް ވިސްނުންތެރިކަމާއިއެކު (ކައުންސިލްގެ އިދާރާގެ ވެރިންނާއި ގުޅިގެން) ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުން
- ކައުންސިލަރުންނާއި މުވައްޒަފުންގެ އެޓެންޑެންސް ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކައުންސިލްގެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމާއި މުވައްޒަފުން ނެގުމުގައި ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން މަސައްކަތްކުރުމާއި އެކަމާގުޅޭ އެންމެހާ ލިޔެކިއުންތައް ބަލައިގަނެ ފިޔަވަޅުއެޅުން.
- މުދަލު ޒަކާތާއި ފިޠުރު ޒަކާތް ނަގައި އޭގެ ހައްޤު ވެރިންނަށް ބަހައިދިނުމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ސެކްޝަންގެ މުވައްޒަފުން މެދުވެރިކޮށް އިންސާފުވެރިކަމާއި އެކު ކުރުވުން
- ސަރުކާރާއި އެކި ޖަމާޢަތްތަކުން ފޮނުއްވާ އެހީގެ ތަކެތި ބަލައިގަތުމުން ހަމަޖެހިފައިވާ އުޞޫލުން ސެކްޝަންގެ މުވައްޒަފުން މެދުވެރިކޮށް ބަހައިދިނުމުގެ ކަންކަން ކުރުވުން
- ސެކްޝަނަށް އަންނަ ފޯނު ކޯލު، ސިޓީ، މެސެޖް ނުވަތަ އެހެނިހެން ވެސް ލިޔުންތަކަށް ކަމާއިބެހޭ މުވައްޒަފުންނާއި ޙަވާލުކޮށްގެން ޖަވާބު ތައްޔާރުކުރުން
- ކައުންސިލަށް އަންނަ މެޙްމާނުންނާއި ދަޢުލަތުގެ އެކިފެންވަރުގެ ވެރިން ބަލައިގަނެ ކައުންސިލާއި ބައްދަލުކުރަން އެދޭ އެކި ފަރާތްތަކާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވެދިނުން
- މި އިދާރާގެ ފަރާތުން ފާހާގަކުރާ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ހިންގާ ހަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން
- ކައުންސިލުން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތުތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހިނިހެން ކަންތައްތައް ކުރުން
- ޙާއްސަ ޙާލަތާއި ގުޅިގެންނާއި ޢިޖުތިމާއި ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން
- ހަމަޖެހިފައިވާ އުޞޫލުން ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުން.
- ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތައް އިންތިޒާމްކުރުން.
|
މަޤާމުގެ ޝަރުޠުއް
|
- އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށައަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
ދާއިރާ
|
ބެލޭނެ ބައިތައް
|
ދެވޭނެ އެންމެ މަތީ މާކްސް
|
އިންސައްތަ
(%)
|
ކެޓަގަރީގެ ޖުމްލަ އިންސައްތަ
|
ތަޢުލީމާއި ތަމްރީނު
|
ލިބިފައިވާ ތަޢުލީމު
|
80
|
35
|
40
|
ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު ތަމްރީނު
|
30
|
5
|
އިމްތިޙާން
|
"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
5
|
މަސައްކަތު ތަޖުރިބާ
|
ވަޒީފާއާ ގުޅޭ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
|
23
|
15
|
15
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު / ޕްރެކްޓިކަލް
|
100
|
40
|
40
|
ޖުމްލަ
|
245
|
100
|
100
|
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރީއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %45 (ސާޅިސްފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖެނުއަރީ 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖެނުއަރީ 13 އާއި 2019 ޖެނުއަރީ 17 އާ ދެމެދު،ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.
|
ޝޯޓް ލިސްޓްކުރުން
|
މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މައުލޫމާތު
|
މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500012 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|