ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީ ކުރާ ޓައިޓަލްތަކާބެހޭ
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ރަޖިސްޓްރީކުރާ އެލައިޑް ހެލްތް ޕްރޮފެޝަނަލް ޓައިޓަލްތަކުގެ ލިސްޓެއް ވަނީ މިކައުންސިލުގެ އިޢުލާން ނަމްބަރ (23-MAHC/23/2017/139 (އިން އިޢުލާންކުރެވި އަދި އިޢުލާން ނަމްބަރ (23-MAHC/23/2017/151) އިން އުނިއިތުރުވެސް ގެނެވިފައެވެ.
މިވަގުތު މިކައުންސިލުގައި ރަޖިސްޓްރީ ކުރެވޭ އަލައިޑް ހެލްތް ޕްރޮފެޝަނަލް ޓައިޓަލްތަކާއި ރަޖިސްޓްރީކޮށްދޭ އަސާސީ ތަޢުލީމީ މިންގަޑުތައް ހިމެނޭ ލިސްޓެއް އާއްމުކޮށް އިޢުލާން ކުރަމެވެ. މިލިސްޓުގައި ހިމެނޭ ޕްރޮފެޝަނަލް ޓައިޓަލް ތަކާއި އެޓައިޓަލްތައް ދިނުމަށް ކަނޑައެޅިފައިވާ އަސާސީ ތަޢުލީމީ މިންގަޑުތަކަށް އަންނަ އުނިއިތުރު މިނިސްޓްރީ އޮފް ހެލްތްގެ ރަސްމީ ވެބްސައިޓް ( (www.health.gov.mvގައި ޢާއްމު ކުރަމުންދާން ވާހަކަ ދަންނަވަމެވެ.
16 ރަބީއުލްއާޚިރް 1440
