ދިވެހިރާއްޖެ
(IUL)337-C-AA/2018/41 :ނަމްބަރ
އިޢުލާން
ޤާނޫނީ ލަފާ ހޯދުމާއި ކޯޓުތަކުގައި މިކައުންސިލް ތަމްސީލު ކުރުމަށް ޤާނޫނީ ވަކީލަކު ހޯދުމަށް
މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި މިކައުންސިލަށް ދައުވާ ކޮށްދިނުމަށާއި ދަޢުވާ ލިބޭ މައްސަލަތަކުގައި ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީވުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށްދިނުމަށާއި، ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްދިނުމަށް 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ގަޑިއަކަށް -/500ރ ރޭޓުން ހުރިހާ ކޯޓެއްގައި ވަކާލާތުކޮށްދެވޭނެ ޤާނޫނީ ވަކީލެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ޤަނޫނީ ވަކީލުން، 03 ޖެނުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ އާއި ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑްގެ ކޮޕީ އާއި، ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ އާއިއެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
25 ޑިސެމްބަރ 2018