މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
2019 ވަނަ އަހަރު މާކުރަތު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. 28 އޮކްޓޯބަރ 2018 ގައި މި ސްކޫލުގެ އިޢުލާނު ނަންބަރު (IUL)GS-127/2018/22 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެދިލެއްވުމުގެމަތިން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރ 26 އިން 2018 ޑިސެމްބަރ 31 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.  

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 30 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 09 ވާ ބުދަ ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ފޯން:  6580333

އީ-މެއިލް: [email protected]   

ކޮޕީ އީ-މެއިލް: [email protected]

 

25 ޑިސެންބަރު 2018
ހޯދާ