ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑެންގޫ ހުން ފެތުރެމުންދާތީ ފަޅު ގޯތިތަކާއި ބިންތައް ސާފުކުރުމަށް އެންގުން

  ނަންބަރ: IUL)415/415/2018/85)

ޢިޢުލާން

ޑެންގޫ ހުން ފެތުރެމުންދާތީ ފަޅު ގޯތިތަކާއި ބިންތައް ސާފުކުރުމަށް އެންގުން

މިދުވަސްވަރު ޑެންގޫ ހުން ޖެހިގެން ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ރިޕޯޓް ކުރާ މީހުން ގިނަވަމުންދާކަން ފާހަގަކުރެވެއެވެ. ޑެންގޫއަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ފުރާނައަށް ނުރައްކާތެރި ބައްޔަކަށްވާތީ، ބަލި ފެތުރުނަ ނުދިނުމަށްޓަކައި މަދިރި އާލާވާ ގޮތަށް ހުންނަ ފަޅު ގޯތި ގޯއްޗާއި ފެންވަޅުތައް ސާފުކުރުމަށާއި މަދިރި އުފެދޭ ގޮތަށް ފެންހަރުލާފައި ހުންނަ ތަކެތި ނައްތާލައި ސާފުކުރަމުން ގެންދިއުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. އަދި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ތިނަދޫން ދޫކޮށްފައިވާ ގޯތިތަކާއި ބިންތައް ޙަވާލުކުރުމުގައި ޝަރުޠުކޮށްފައިވާ ގޮތުގެ މަތިން ބިންބިމާއި ގޯތިތައް ޤަވާޢިދުން ސާފުކޮށް ބަލަހައްޓަވަމުން ގެންދިއުމަށާއި، ޢާއްމުކޮށް ސާފުކޮށް ބަލަހައްޓަވަމުން ނުގެންދަވާ ގޯތި ގޯއްޗާއި ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން  ކުރާނޭ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

16 ރަބީޢުލްއާޚިރް 1440

25 ޑިސެންބަރު 2018
ހޯދާ