ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ހުޅުވާލަމެވެ. ހުށަހަޅާ ސިއްކައިގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅިފަރާތަކަށް -/3000 ރ. (ތިންހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
ސިއްކަ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް
- ކޮޕީއަކަށް ނުވުން.
- އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
- އަތޮޅުގެ ޤަދީމީ ތާރީޚު ނުވަތަ އަތޮޅަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން.
- ޤަވްމީ ކުލަތައް (ރަތް، ހުދު، ފެހި) ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ސިއްކަ އަކަށް ވުން
- 20mm x 20mm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން.
- ހުށަހަޅާ ސިއްކައިގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށަހަޅަންވާނެއެވެ.
- ސިއްކައިން ރަމްޒުކޮށްދޭ އެއްޗެއް ހުށަހެޅުން.
ވީމާ، މިކައުންސިލްގެ ސިއްކަ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ ސިއްކައާއި ސިއްކަ ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އދ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުން" ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން މިއިދާރާގެ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
16 ރަބީޢުލްއާޚިރު 1440
24 ޑިސެންބަރު 2018
(ސޮއި)
ޢަލީ ނަޞީރު
އދ. އަތޮޅުކައުންސިލްގެ ރައީސް