|
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ބޭނުމަށް ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާއި ބެހޭ
|
- 179 (ސަތޭކަ ހަތްދިހަ ނުވައެއް) ރަށު ފޯކަލް ޕޮއިންޓުން.
- (18އަށާރަ) އަތޮޅު ފޯކަލް ޕޮއިންޓުން.
- (02ދޭއް) ސިޓީ (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ފޯކަލް ޕޮއިންޓުން.
|
ބޭނުންވާ ޢަދަދު:
|
- މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ ރުފިޔާ)
- އަދި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު -/150( ސަތޭކަ ފަންސާސް) ރުފިޔާ ދެވޭނެ.
|
އުޖޫރަ:
|
- ރަށު ކައުންސިލް އިދާރާގެ ނުވަތަ އަތޮޅު/ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.
- އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ޤަބޫލުކުރެވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން. (ޢާއިލީ މީހެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް)
- އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން.
- ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
|
ޝަރުޠު:
|
- އިންތިޚާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން.
- އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނާއި ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިންތިޒާމުކުރުމާއި ހިންގައި ބެލެހެއްޓުން.
- · ރައްޔިތުންގެ މަޖިލީސް އިންތިޚާބް 2019 ގައި އަތޮޅު، ސިޓީ އަދި ރަށުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އިލެކްޝަންސް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިލެކްޝަންސް ކޮމިޝަންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.
|
މަސްއޫލިއްޔަތު:
|
- މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
|
ސުންގަޑި:
|
- ފޯކަލް ޕޮއިންޓުންނަށްވުމަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ފޯކަލް ޕޮއިންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމު އިލެކްޝަން ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށައެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|