އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) ގެ 15 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙާއިގުޅޭ

                          

އިޢުލާން

   (IUL)203-EIARES/1/2018/20ނަންބަރު: 

                                     

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) ގެ 15 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙާއިގުޅޭ

   ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙު 20 ޑިސެމްބަރު 2018 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބުރާޙީމް މުޙައްމަދު ޞާލިޙު ވަނީ ތަޞްދީޤުކޮށްދެއްވާފައެވެ. މި އިސްލާޙުގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ތިމާވެއްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރަންވާނީ، ޤާނޫނު ނަންބަރު 93/4 "ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"  އަދި ތިމާވެއްޓާބެހޭ ވުޒާރާއިން އެކުލަވާލާ މިއޭޖެންސީއިން ތަންފީޛުކުރަމުންދާ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުހެދުމާ ބެހޭ ގަވާއިދު 2012" އާއިި އެއްގޮތްވާ ގޮތުގެމަތީންނެވެ. ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

 

                                                                    23 ޑިސެމްބަރ 2018

23 ޑިސެންބަރު 2018
ހޯދާ