ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރަކު ހޯދުމާއި ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އަންހެން އެގުޒަމިނަރެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:1  (އެކެއް)

      ޝަރުތު:  

  • ލިޔަންކިޔަން އެނގުން.
  • އަންހެނެއް ކަމުގައިވުން.
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1  ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
  • ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
  • ފަސް އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

 

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ A0 އަދި A1 ކެޓަގަރީގެ އުޅަނދަކަށް 15/- ރ (ފަނަރަ ރުފިޔާ) B1 ކެޓަގަރީގެ އުޅަނދަކަށް -/25 ރ (ފަންސަވީސް ރުފިޔާ)ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2019 ޖަނަވަރީ 03 ވަނަ ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

24 ޑިސެންބަރު 2018
ހޯދާ