ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ހުރި 18 ރުއް ކުއްޔަށް ދޫކުރުން.

އިޢުލާން

* ބަނދަރުމަތީގައި ހުރި 18 ރުއް ކުއްޔަށް ދޫކުރުމާއި ބެހޭ

މިއިދާރާގެ ނަމްބަރު :  B-381/I-2018/56 ( 10.12.2018 ) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ފޯމް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

      ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ހުރި ( ބަނދަރުގައި ހުރި 18 ރުއް) ކުއްޔަށް ދިނުމަށް މިކައުންސިލުން ގަސްތުކޮށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

- ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އަދި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމް 2018 ޑިސެންބަރ 24 ވަނަ ދުވަހުން ފެށިގެން 2019 ޖަނަވަރީ 03 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.

- ފޯމް ބަލައިގަތުން އޮންނާނީ 08 ޖަނަވަރީ 2019 ވަނަ ދުވަހު ހެދުނު 10.00 ގައި މަލްޓިޕާރޕޯސް ގެ ޖަލްސާ ކުރާ ހޯލުގައެވެ.އަދި ހުށަހަޅާ އެންމެންގެ ހާޟިރުގައެވެ.

- މަޢުލޫމާތު ނުނަގާ ފަރާތެއްގެ ނަމުގައި ފޯމް ހުށަ ނޭޅޭނެއެވެ.

24 ޑިސެންބަރު 2018
ހޯދާ