ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ހޯދުމާއި ކޯޓުގައި ކައުންސިލްގެ އިދާރާ ތަމްޘީލު ކުރުމަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުން.

 ނަންބަރ:  IUL)415-HR/415/2018/82)

އިޢުލާން

ޤާނޫނީ ލަފާ ހޯދުމާއި ކޯޓުގައި ކައުންސިލްގެ އިދާރާ ތަމްޘީލު ކުރުމަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުން.

ތިނަދޫ  ކައުންސިލަށް  ބޭނުންވާ ޤާނޫނީ  ލަފާދިނުމާއި  ތިނަދޫ  ކައުންސިލަށް  ދަޢުވާ ލިބޭ މައްސަލަތަކުގައި ޝަރީޢަތުގެ  މަޖިލީހުގައި ޖަވާބުދާރީވުމަށް  ތައްޔާރުކުރަންޖެހޭ  އެންމެހާ ލިޔުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް  އުޞޫލުން ހޯދުމަށް  ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)415-HR/415/2018/75 (03 ޑިސެމްބަރު 2018)  އިޢުލަނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ޙިސާބު ހުށަހަޅުއްވާފައި ނުވާތީ، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ޙިސާބާއި އެފަރާތުގެ ޕްރޮފައިލާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިވާކަމުގެ ސިޓީ 03 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިނަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފެކްސް ނުވަތަ އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ހުށަހެޅުއްވުންތައް ވެސް ޤަބޫލުކުރެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަންދާސީ ޙިސާބު ހުށަހަޅާ ފަރާތްތައް އިވެލުއޭޓް ކުރުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީ އެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އަދި ދަންނަވަމެވެ. އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލު ކުރެވޭނޭ ވާހަކަ ދަންނަވަމެވެ.

  • މަސައްކަތުގެ  އަގު 80%
  • މަސައްކަތުގެ ތަޖުރިބާ 20% (ތަޖުރިބާއަށް ޕޮއިންޓް ދެވޭނީ ޤާނޫނީ ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭ ގޮތަށް ހުށަހަޅުއްވާ ލިޔުންތަކަށް ބަލައިގެން ކޮންމެ އަހަރަކަށް 2% ގެ މަގުން ޙިސާބުކޮށްގެންނެވެ. ގނަވެގެން ބަލާނީ 5 އަހަރަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.

16 ރަބީޢުލްއާޚިރް 1440

24 ޑިސެންބަރު 2018
ހޯދާ